މޮޅު ކުޅުންތެރިޔާގެ މަގާމް މެސީއަށް، ރަންބޫޓް ރޮޑްރިގޭޒަށް

image

ބްރެޒިލްގައި ރޭ ނިމިގެންދިޔަ ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް އާޖެންޓީނާގެ ކެޕްޓަން އަދި ނުރައްކާތެރި ފޯވާޑް ލިއޮނަލް މެސީ ހޯދައިފިއެވެ.

މެސީ ވަނީ މުބާރާތުގައި 4 ލަނޑު ކާމިޔާބުކޮށް އާޖެންޓީނާ ފައިނަލަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. މެސީ ބުނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނަސް އޭނާ އުފާ ނުވާކަމަށެވެ. "އަހަރެން ބޭނުންވީ ވޯލްޑް ކަޕް ކާމިޔާބު ކުރަން. ފަރުދީގޮތުން ލިބޭ ކާމިޔާބީއަކަށްވުރެ ހުރިހާ އެންމެނަށް ލިބޭ ކާމިޔާބެއްގެ އުފާ އަހަންނަށް މާބޮޑު" މެސީ ބުންޏެވެ.

ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޖަރުމަނުގެ ގޯލާ ރައްޓެހި ފޯވާޑް ތޯމަސް މުލާއެވެ. ތިންވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނެދަލޭންޑްސްގެ ނުރައްކާތެރި ވިންގަރ އާރެން ރޮބެންއެވެ.

މުބާރާތުގެ ރަންބޫޓް ހޯދީ ކޮލަމްބިއާގެ ޒުވާން ފޯވާޑް ޖޭމްސް ރޮޑްރިގޭޒެވެ. އޭނާ ވަނީ 6 ލަނޑު ކާމިޔާބު ކޮށްފައެވެ. މުބާރާތުގެ އެންމެ މޮޅު ކީޕަރަށް ދޭ "ރަން އަންގި" ހޯދީ ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް