ބުރަކަށްޓަށް އަނިޔާވެ ނޭމާއަށް ވޯލްޑް ކަޕް ނިމިއްޖެ

image ނޭމާ އަށް އަނިޔާ ވެފައި

ކުއާޓާފައިނަލުގައި ކޮލަމްބިޔާއާ އަތުން 2-1 އިން ބްރެޒިލް ރޭ މޮޅުވި މެޗުގައި ބުރަކަށްޓަށް ލިބުނު އަނިޔާގެ ސަބަބުން ބްރެޒިލްގެ ނުރައްކާތެރި ފޯވާޑް ނޭމާއަށް ވޯލްޑް ކަޕް ނިމިއްޖެއެވެ.

"ނޭމާގެ އުނަގަނޑުގެ ތިރީ ކަށިތަކުގައި ރެނދުލުމުގެ ސަބަބުން އޭނާއަށް ވޯލްޑް ކަޕް ނިމިއްޖެ" ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ނޭމާގެ އުނަގަނޑުގެ ކަށިތަކަށް އަނިޔާވެފައި ވަނީ ކޮލަމްބިއާގެ ޑިފެންޑަރު ހުވާން ޒުނިގާގެ ކަކުލުން ޖެހިފައެވެ. ބްރެޒިލްގެ ބައެއް މީޑިޔާތަކުންނާއި ސޯޝަލް މީޑިޔާގައި ބްރެޒިލްގެ ސަޕޯޓަރުން ދަނީ ނޭމާއަށް ޒުނިގާ ހަމަލާ ދިނީ ގަސްދުގައި ކަމަށް ތުހުމަތުކޮށް އޭނާއަށް ބޮޑު އަދަބެއް ދިނުމަށް ފީފާއަށް ގޮވާލަމުންނެވެ.

ހަވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ބްރެޒިލުން ދެކެމުން އަންނަ ހުވަފެންތައް އެންމެ ބޮޑަށް އަމާޒުވެފައިވާ ކުޅުންތެރިޔަކީ ނޭމާއެވެ. ނޭމާ ވަނީ މިފަހަރުގެ ވޯލްޑް ކަޕުގައި 4 ލަނޑު ކާމިޔާބު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް