ތިއާގޯ ސިލްވާ – ޕެނަލްޓީ ޖަހަން ބިރުގަންނަ ކެޕްޓަން

image ބްރެޒިލްގެ ތިއާގޯ ސިލްވާ އާއި ނޭމާ

ބްރެޒިލް އާއި ޕީއެސްޖީގެ ކެޕްޓަން ތިއާގޯ ސިލްވާއަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އަދި އެންމެ އަގުބޮޑު ޑިފެންޑަރެވެ. އޭނާއަކީ ދަނޑުމަތީގައި ބްރެޒިލްގެ ލީޑަރެވެ. އަދި އެންމެ ހިތްވަރުކުރާ ކުޅުންތެރިޔާއެވެ.

ބްރެޒިލް އާއި ޕީއެސްޖީގެ ކެޕްޓަން ތިއާގޯ ސިލްވާއަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އަދި އެންމެ އަގުބޮޑު ޑިފެންޑަރެވެ. އޭނާއަކީ ދަނޑުމަތީގައި ބްރެޒިލްގެ ލީޑަރެވެ. އަދި އެންމެ ހިތްވަރުކުރާ ކުޅުންތެރިޔާއެވެ.

ދުނިޔޭގެ އެންމެ މޮޅެތި ފޯވާޑުން ހުއްޓުވުމަކީ ސިލްވާއަށް މާއުނދަގޫ ކަމެއް ނޫނެވެ. ފޯވާޑުން ހުއްޓުވުމަށް ނުރައްކާތެރި ޓެކްލްތައް ޖެހުމަކީ އޭނާ ބިރު ގަންނަ ކަމެއް ނޫނެވެ.

އިދިކޮޅު ފޯވާޑުންނާއި ކުރިމަތިލުމަށް ސިލްވާ ކިތައްމެ ޖެހިލުން ކުޑަކަމުގައި ވިޔަސް ދަނޑުމަތީގައި އޭނާ ކުރަން ބޭނުން ނުވާ ކަމެއް އެބައޮތެވެ. އެއީ ޕެނަލްޓީ ޖެހުމެވެ.

މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި ޗިލީއާ ބައްދަލު ކުރި މެޗުގައި ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެން ޖެހުމުން ސިލްވާ ދުއާކޮށްލަ ކޮށްލާ ހުރީ ޕެނަލްޓީ ޖަހާ ކުޅުންތެރިންގެ ލިސްޓުގައި އޭނާ ނުހިމެނޭތޯއެވެ.

"އަމިއްލަ ދަނޑުގައި ކުޅޭއިރު ޕެނަލްޓީ ޖެހުމަކީ ވަރަށް ބޮޑު ޒިއްމާއެއް. އަހަރެން ހުރީ ދުއާކޮށްލަ ކޮށްލާ ޕެނަލްޓީ ޖަހާ ކުޅުންތެރިންގެ ތެރޭގައި އަހަރެން ނުހިމެނޭތޯ. އެހެން ހުއްޓައި ސްކޮލާރީ (ކޯޗް) ބުނެފި ހަވަނަ ޕެނަލްޓީޖަހަން ޖެހިއްޖެނަމަ ސިލްވާއޭ ޖަހާނީ. އަހަރެން ވަގުތުން އެކަމާ ދެކޮޅު ހެދިން. ސްކޮލާރީ ކައިރީގައި އަހަރެން ބުނިން ސެސަރ (ކީޕަރު) ގެ ފަހުންނޭ އަހަރެން ޕެނަލްޓީ ޖަހާނީ" ޕެނަލްޓީ ޖަހަން ބިރުގަންނަކަން ހާމަކޮށްދެމުން ސިލްވާ ބުންޏެވެ.

ސިލްވާ ބުނީ ޕެނަލްޓީ ޖަހަން އޭނާ ބިރުގަންނަނީ އެންމެފަހުން އޭނާ ޖެހި 3 ޕެނަލްޓީގެ ތެރެއިން 2 ޕެނަލްޓީ ނާކާމިޔާބު ވެފައި ވާތީކަމަށެވެ. "އެހެންވެ އަހަރެން ބޭނުންނުވީ ރިސްކެއް ނަގަން" ސިލްވާ ބުންޏެވެ.

ނަސީބު ކަންދިމާކުރި ގޮތުން ޗިލީ އަތުން ބްރެޒިލް މިފަހަރު ސަލާމަތްވީ ސިލްވާ ޕެނަލްޓީ ޖަހަން ޖެހުމުގެ ކުރިންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement