މިރޭ ދަންވަރު ބައްދަލުކުރާ ފްރާންސާއި އިކްއެޑޯ އަށް އަވަސް ކަޅިއެއް

image ފްރާންސްގެ ބެންޒެމާ

މިރޭ ދަންވަރު ބައްދަލުކުރާ ފްރާންސާއި އިކްއެޑޯ ފުޓުބޯޅަ ޓީމާބެހޭ ކުޑަ މައުލޫމާތު ކޮޅެއް މިފަހަރު ގެނެސްދޭނަމެވެ.

ފްރާންސް

ދުނިޔޭގެ ރޭންކިންގެ 17 ވަނައިގައި އޮތް ފްރާންސް މިރޭ އިކްއޭޑޯއާ ދެކޮޅަށް ނިކުންނަނީ ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ދެމެޗް ކާމިޔާބު ކުރެވުމުގެ ހިތްހަމަ ޖެހުމާއެކުއެވެ. އެންމެފަހުގެ ވޯލްޑް ކަޕުގެ ފުރަތަމަ ބުރުން ކެޓުމުގެ ހިތި ހަނދާންތައް ފޮހެލުމަށްޓަކައި އިކްއެޑޯ ބަލިކޮށް މިރޭ ގްރޫޕުގެ އެއްވަނަ ހޯދުން މުހިއްމުކަމަށް 1998 ގެ ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބު ކޮށްދިން ކެޕްޓަން އަދި މިހާރު ކޯޗަކަށް ހުރި ޑިޑިއެ ޑޯޝެމްޕް ވަނީ ބުނެފައެވެ.

ފުރަތަމަ މެޗުގައި ހޮންޑިއުރަސް އަތުން ފްރާންސް މޮޅުވީ 3-0 އިންނެވެ. އަދި ދެވަނަ މެޗުގައި ސްވިޓްޒަލޭންޑް އަތުން މޮޅުވީ 5-2 އިންނެވެ.

އިކްއެޑޯ

ފީފާ ރޭންކިންގެ 26 ވަނައިގައި އޮތް އިކްއެޑޯއަށް ދެވަނަ ބުރުން ޖާގަ ހޯދުމަށްޓަކައި ފްރާންސް އަތުން 3 ޕޮއިންޓް ވަރަށް މުހިއްމެވެ. މިގްރޫޕުގެ ދެވަނައިގައި އިކްއެޑޯ އޮތީ 3 ޕޮއިންޓާއި ގެއްލުން އަދި ފައިދާ ގޯލެއްވެސް ނެތިއެވެ. އިކްއެޑޯއަށް އޮތް ބިރަކީ ހޮންޑިއުރަސްގެ މައްޗަށް ފަސޭހަކަމާއެކު ސްވިޓްޒަލޭންޑުން ކުރި ހޯދުމުގެ ބިރެވެ. މިގްރޫޕުގެ ތިންވަނައިގައިސް ސްވިޓްޒަލޭންޑް އޮތީ 3 ޕޮއިންޓާއިގެއްލުން 2 ލަނޑާއެކުއެވެ.

އަނިޔާ އާއި ސަސްޕެންޝަން:

ފްރާންސްގެ އިތުބާރު ޑިފެންޑަރު މަމަޑޫ ސަކޯ އާއި ރަފޭލް ވަރާނޭއަށް ވަނީ އަނިޔާވެފައެވެ. ދެރީނދޫ ކާޑް ހަމަވުމުގެ ސަބަބުން މިޑްފީލްޑަރު ޔޯހަން ކަބާޔޭއަށް މިރޭ ނުކުޅެވޭނެއެވެ.

ކުރީގެ ކުރިމަތިލުންތައް:

މިދެގައުމު މިހާތަނަށް ބައްދަލު ކުރި ހަމައެކަނި މެޗް 2-0 އިން ކާމިޔާބު ކުރީ ފްރާންސެވެ. 2008 ވަނަ އަހަރު ކުޅުނު މިމެޗުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން މިހާރު ފްރާންސް ސްކޮޑުގައި ހިމެނޭ ހަމައެކަނި ކުޅުންތެރިޔަކީ ޕެޓްރިކް އިވްރާއެވެ. އިކްއެޑޯއިން ހިމެނެނީ އެންޓޯނިއޯ ވެލެންސިޔާ އާއި އަޔޯވޯ އެންޓޯނިއޯއެވެ. މިމެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 1:00 ގައެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް