އިޓަލީ ބަލިކޮށް ވޯލްޑް ކަޕަށް ކޮސްޓަރިކާއިން ސިހުން ގެނެސްފި
ވޯލްޑް ކަޕް ގްރޫޕް "ޑީ" ނުވަތަ މަރުގެ ގްރޫޕުގައި އިޓަލީ 1-0 އިން ބަލިކޮށް ކޮސްޓަރިކާ ދެވަނަ ބުރުން ޖާގަ ހޯދައި ވޯލްޑްކަޕަށް ސިހުން ގެނެސްފިއެވެ.
އިޓަލީއާ ދެކޮޅަށް ކޮސްޓަރިކާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 44 ވަނަ މިނެޓުގައި ކާމިޔާބުކުރީ ބްރަޔަން ރުއިޒްއެވެ.
ދުނިޔޭގެ ފެންވަރުގެ ތަރިއެއް ނެތް ކޮސްޓަރިކާއިން ދެވަނަ ބުރުން ޖާގަ ކަށަވަރު ކުރީ 6 ޕޮއިންޓް ހޯދައިގެންނެވެ. ކޮސްޓަރިކާ ވަނީފުރަތަމަ މެޗުގައި އުރުގުއޭ އަތުން 3-1 އިން ހައިރާން ކުރުވަނިވި ގޮތަކަށް މޮޅުވެފައެވެ. ގްރޫޕް ސްޓޭޖް ފަހު މެޗުގައި ކޮސްޓަރިކާ ނިކުންނާނީ މުބާރާތުން މިހާރު ކަޓާފައިވާ އިންގްލެންޑާ ދެކޮޅަށެވެ.
މިއީ ފާއިތުވެދިޔަ 24 އަހަރު ތެރޭގައި ކޮސްޓަރިކާއަށް ވޯލްޑް ކަޕް ދެވަނަ ބުރުން ޖާގަ ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު