ގްރޫޕު ސްޓޭޖުން އިންގްލެންޑް ކަޓައިފި

image

ފަސްދޮޅަސް ހަތަރު އަހަރަށްފަހު ފުރަތަމަ ފަހަރަށްވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން މަޝްހޫރު އިންގްލެންޑް އަލްވަދާއު ކިޔައިފިއެވެ.

ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން އިންގްލެންޑް އެންމެފަހުން އަލްވަދާއު ކިޔަން ޖެހުނީ 1950 ވަނަ އަހަރު ބްރެޒިލްގައި ބޭއްވިވޯލްޑް ކަޕުގައެވެ. ކަންދިމާކުރި ގޮތުން މިފަހަރުވެސް ވޯލްޑް ކަޕް ބާއްވަމުން ދަނީބްރެޒިލްގައެވެ.

އެތައް މިލިޔަން ސަޕޯޓަރުން ރޮއްވާލުމަށްފަހު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން އިންގްލެންޑް އަލްވަދާއު ކިޔަން ޖެހުނީ،އެޓީމު ހިމެނޭ ގްރޫޕް "ޑީ" ގައި އިޓަލީ1-0 އިން ބަލިކޮށް 6 ޕޮއިންޓް ހޯދައި ކޮސްޓަރިކާ ދެވަނަ ބުރުން ރޭ ޖާގަހޯދުމުންނެވެ. އަދި އިޓަލީ އާއި އުރުގުއޭ ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހުމެޗުގައި މިދެގައުމު އެއްގައުމު އަނެއްގައުމާ ބައްދަލު ކުރަން ޖެހުމުން ކޮންމެވެސް އެއްގައުމަކަށް އެންމެ މަދުވެގެންވެސް 1 ޕޮއިންޓް ލިބޭނެތީއެވެ. އިޓަލީ އާއިއުރުގުއޭވެސް މިހާތަނަށް 3 ޕޮއިންޓް ކަށަވަރު ކޮށްފައިވާއިރު ގްރޫޕް ފުލުގައި އިންގްލެންޑް އޮތީ ޕޮއިންޓެއް ނުލިބިއެވެ. ގްރޫޕް ސްޓޭޖް ފަހުމެޗުގައި އިންގްލެންޑް ނިކުންނާނީ ކޮސްޓަރިކާއާ ދެކޮޅަށެވެ.

ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން މިހާތަނަށް ކަޓާފައިވާމަޝްހޫރު ގައުމަކީ އެންމެފަހުގެ ޗެމްޕިއަން ސްޕެއިނެވެ. އަނެއްކޮޅުން ޔަގީންވާގައުމަކީ އިޓަލީ އާއި އުރުގުއޭ ތެރެއިންވެސް ކޮންމެވެސް އެއްގައުމެއް ގްރޫޕްސްޓޭޖުން އަލްވަދާއު ކިޔަން ޖެހޭނެ ކަމެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް