އޮސްޓްރޭލިޔާ 3-2 އިން ބަލިކޮށް ދެވަނަ ބުރާ ފިވަޔަވަޅެއް ކައިރިއަށް ނެދަލޭންޑްސް ޖެހިލައިފި

image

ވަރަށް ވާދަވެރި ކުޅުމަކަށް އޮސްޓްރޭލިޔާ 3-2 އިން ބަލިކޮށް ވޯލްޑް ކަޕުގެ ދެވަނަ ބުރުން ޖާގައެއް ކަށަވަރު ކުރުމާ ފިޔަވަޅެއް ކައިރިއަށް ނެދަލޭންޑްސް ޖެހިލައިފިއެވެ.

އެސްޓާޑިއޯ ބެއިރާ ރިއޯގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު 20 ވަނަ މިނެޓުގައި ކާމިޔާބުކޮށް ލީޑް ނެގީ ނެދަލޭންޑްސްއިންވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ނުރައްކާތެރި ވިންގަރ އާރެން ރޮބެންއެވެ. ރޮބެންގެ ލަނޑަށްފަހު ނެދަލޭންޑްސްއަށް ހަމަޖެހި ނުލެވި އުޅެނިކޮށް 21 ވަނަ މިނެޓުގައި އޮސްޓްރޭލިޔާއަށް އެއްވަރު ކޮށްދިނީ ފޯވާޑް ޓިމް ކާހިލްއެވެ.

ދެވަނަ ހާފުގައި ނެދަލޭންޑްސް ސިއްސުވާލުމަށްފަހު އޮސްޓްރޭލިޔާއިން 54 ވަނަ މިނެޓުގައި ލީޑް ނެގިއެވެ. މިލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން މައިލް ޖެޑިނަކެވެ. އޮސްޓްރޭލިޔާގެ މިލަނޑަށްފަހު ނެދަލޭންޑްސް ޕްރެޝަރަށް ވެއްޓިގެންދިޔަ ފެނިގެންދިޔައެވެ. އަދި ލީޑް އިތުރަށް ފުޅާ ކުރާނެ ދެފުރުސަތު އޮސްޓްރޭލިޔާއަށް ލިބުނެވެ.

އޮސްޓްރޭލިޔާއިން ލީޑް ފުޅާ ކުމުގެ ކުރިން ނެދަލޭންޑްސްއިން އެއްވަރު ކުރީ 58 ވަނަ މިނެޓުގައި ކެޕްޓަން ރޮބިން ވެންޕާސީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި ދެވަނަ ފަހަރަށް ނެދަލޭންޑްސްއަށް ލީޑް ނަގައިދިނީ މެމްފިސް ޑިޕޭ 68 ވަނަ މިނެޓުގައި ކާމިޔާބު ކުރި ލަނޑުންނެވެ.

މިމޮޅާއެކު ދެވަނަ ބުރުން ޖާގަ ލިބޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ނެދަލޭންޑްސްއަށް ލިބުނުއިރު އެޓީމަށް އޮތް ހިތްހަމަ ނުޖެހުމަކީ މިމެޗުގައި ދެއްކި ރީނދޫ ކާޑުގެ ސަބަބުން ގްރޫޕް ސްޓޭޖް ފަހު މެޗުގައި ޗިލީއާ ދެކޮޅަށް ވެންޕާސީއަށް ނުކުޅެވޭނެތީއެވެ.

މިގްރޫޕް (ގްރޫޕް ބީ) ގެ ކުރީގައި ނެދަލޭންޑްސް އޮތީ 6 ޕޮއިންޓާއި ފައިދާ 5 ލަނޑާއެކުއެވެ. މިގްރޫޕުގައި ރޭ ދަންވަރު އެންމެފަހުގެ ޗެމްޕިއަން ސްޕެއިން އާއި ޗިލީ ބައްދަލު ކުރި މެޗުން ޗިލީ ބަލިވެފައި ނުވާނަމަ ނެދަލޭންޑްސްއަށް ދެވަނަ ބުރުން ޖާގަ ވާނީ ލިބިފައެވެ.

ޗިލީ އަތުން ސްޕެއިން ބަލިވެފައިވާނަމަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ސްޕެއިން އާއި އޮސްޓްރޭލިޔާ ކަޓައި ނޭދަލޭންޑްސްއާއެކު ޗިލީއަށް ވާނީ ދެވަނަ ބުރުން ފުރުސަތު ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް