ބެލްޖިއަމް ފަހަތުން އަރައި 2-1 އިން އަލްޖީރިއާ ބަލިކޮށްފި

image

ފީފާ ވޯލްޑް ކަޕް ގްރޫޕް "އެޗް" ގައި އަލްޖީރިއާ ލަނޑެއް ޖަހައި ކުރި ހޯދާފައި ވަނިކޮށް ފަހަތުން އަރައި 2-1 އިން ބެލްޖިއަމް މޮޅުވެއްޖެއެވެ.

56،000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗުގެ ލީޑް އަލްޖީރިއާއިން ނެގީ 24 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސޮފިއާން ފެގޫލީއެވެ. ޔޫރަޕުގެ ބޮޑެތި ކްލަބުތަކަށް ކުޅޭ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ތިބި ބެލްޖިއަމްގެ ތަރިން ހިފެހެއްޓުމުގައި ފުރަތަމަ ހާފްގައި އަލްޖީރިއާއިން ވަނީ ތައުރީފް ހައްގު ކުޅުމެއް ދައްކާފައެވެ.

ދެވަނަ ހާފް ފަށައިގެން ބެލްޖިއަމްގެ ނުރައްކާތެރި ވިންގަރ އެޑިން ހަޒާޑާއި މެން.ޔުނައިޓެޑުގެ މިޑްފީލްޑަރު މަރްވާން ފެލެއިނީގެ ނުރައްކާތެރިކަން އަލްޖީރިއާއަށް ދިޔައީ ނުރައްކާތެރިކަން ދިޔައީ ފޯރަމުންނެވެ. ނަތީޖާއަކަށް ވެގެންދިޔައީ 70 ވަނަ މިނެޓުގައި ފެލައިނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަ ކުރުމެވެ. މިއީ އަރިމަތިން ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ކާމިޔާބު ކުރި ހިތްގައިލު ލަނޑެކެވެ. އޭގެ ދިހަ މިނެޓްފަހުން ބެލްޖިއަމްއަށް ލީޑް ނަގައިދިނީ ޑްރައިސް މާޓިންސްއެވެ.

މިމޮޅާއެކު މިގްރޫޕުގެ ކުރީގައި ބެލްޖިއަމް އޮތީ 3 ޕޮއިންޓާއި ފައިދާ 1 ލަނޑާއެކުއެވެ. މިއީ ގްރޫޕް "އެޗް" ގައި ކުޅުނު ފުރަތަމަ މެޗަށް ވުމުން ތާވަލުގެ ކުރިއަށް އެރުމުގެ ފުރުސަތު މިގްރޫޕުގައި ދެން ހިމެނޭ ދެކުނު ކޮރެއާ އާއި ރަޝިޔާއަށް ވަނީ ހުޅުވިފައެވެ. ދެކުނު ކޮރެއާ އާއި ރަޝިޔާ ބައްދަލު ކުރާ މެޗް ފަށާނީ މިރޭ ފަތިހު 3:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް