މެކްސިކޯއާ ދެކޮޅަށް ކުޅެވޭނެ ކަމަށް ހަލްކް ބުނެފި

image ބްރެޒިލްގެ ފޯވާޑް ހަލްކް

ފަރިތަކުރުން ތަކުގައި އުޅެނިކޮށް މިދިޔަ އާދިއްތަ ދުވަހު ވާތު ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށާއި މެކްސިކޯއާ ދެކޮޅަށް މިރޭ ކުޅެވޭނެ ކަމަށް ޖާނުން ވަރުގަދަ ފޯވާޑް، ބްރެޒިލްގެ ހަލްކް ބުނެފިއެވެ.

"ފަރިތަކުރުންތައް ފުރިހަމަ ނުކޮށް އަހަރެން ފޭބީ ތަދު އިހްސާސް ކުރެވެން ފެށުމުން. އެކަމަކު މިހާރުމިހުރީ ފިޓްކޮށް" ހަލްކް ބުންޏެވެ.

މިރޭ މެކްސިކޯއާ ދެކޮޅަށް ކުޅެން ހަލްކް ބޭނުންވާ މައިގަނޑު ސަބަބަކީ، ބްރެޒިލް އާއި މެކްސިކޯ ބައްދަލު ކުރާ މެޗް ކުޅެން ހަމަޖެހިފައި ވަނީ އޭނާ އެ ސިޓީއަކަށް ނިސްބަތްވާ ސީރާ ސިޓީގެ ވެރިރަށް ފޯޓަލެޒާއަށް ވުމެވެ.

"އަހަންނަކީ ބްރެޒިލްގެ އިރު އުތުރަށް (ސީރާ ސިޓީ) އަށް ނިސްބަތްވާ ކުޅުންތެރިއެއް. އަހަރެންގެ އާއިލާ މީހުން މެޗް ބަލަން މިރޭ ދާނެ. މިމެޗް ނުކުޅެ ދޫކޮށްލާކަށް އެއްގޮތަކަށްވެސް އަހަރެން ބޭނުމެއް ނޫން" ހަލްކް ބުންޏެވެ.

މިރޭގެ މެޗުން ބްރެޒިލް ނުވަތަ މެކްސިކޯ މޮޅުވިނަމަވެސް ދެވަނަ ބުރުގެ ޖާގައެއް ޔަގީންވާނެއެވެ. ބްރެޒިލް ވަނީ ފުރަތަމަ މެޗުގައި ކްރޭޝިޔާ އަތުން 3-1 އިންމޮޅުވެފައެވެ. ފުރަތަމަ މެޗުގައި މެކްސިކޯ މޮޅުވީ ކެމަރޫން އަތުން 1-0 އިންނެވެ.

ބްރެޒިލްއާއި މެކްސިކޯ ބައްދަލު ކުރާ މެޗް ފަށާނީ މިރޭ ރާއްޖޭ ގަޑިން 0:00 ގައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް