ޕޯޗުގަލްގެ މައްޗަށް 4-0 އިން ޖަރުމަނު ކުރި ހޯދައިފި
ވޯލްޑްކަޕް ގްރޫޕް "ޖީ" ގައި ވަރުގަދަ ޕޯޗުގަލްގެ މައްޗަށް މަޝްހޫރު ޖަރުމަނު 4 -0 އިން މިރޭ ކުރިހޯދައިފިއެވެ.
ބްރެޒިލްގެ ސަލްވަޑޯގެ އެރީނާ ފޮންޓެނޯވާގައި ކުޅުނު މިމެޗުގައި ޖަރުމަނުން ކާމިޔާބު ކުރިހަތަރު ލަނޑުގެ ތެރެއިން ތިންލަނޑު ޖެހީ ތޯމަސް މުލާއެވެ. މިއީ މިފަހަރުގެ ވޯލްޑްކަޕުގައި ފެނިގެންދިޔަ ފުރަތަމަ ހެޓްރިކެވެ. މިމެޗުގައި ޖަރުމަނަށް ދެން ލަނޑުޖަހައިދިނީ ޑިފެންޑަރު މެޓްސް ހުމެލްސްއެވެ.
މުލާގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ 12 ވަނަ މިނެޓުގައި ލިބުނުޕެނަލްޓީ އަކުންނެވެ. އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައި ވަނީ 45 އަދި 78 ވަނަމިނެޓުގައެވެ. ހުމެލްސް ލަނޑު ޖެހީ 32 ވަނަ މިނެޓުގައެވެ.
ޕޯޗުގަލްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅުކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއަށްވެސް ރަނގަޅު ކުޅުމެއް ދެއްކިފައެއްނުވެއެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ޕޯޗުގަލްއިން މަސައްކަތް ކުރަމުން ދަނިކޮށްއިތުރު ހުރަސްތަކެއް ކުރިމަތިވީ 37 ވަނަމިނެޓުގައި ޑިފެންޑަރު ޕެޕޭއަށް ރަތްކާޑް ދެއްކުމުންނެވެ.
ޖަރުމަނުވަނީ އެންމެފަހުގެ ވޯލްޑް ކަޕުގައިވެސް މަޝްހޫރު އިންގްލެންޑާއި އާޖެންޓީނާ ކޮޅަށް 4 ލަނޑު ޖަހާފައެވެ. އަދި އެދެގައުމު މުބާރާތުން ކަޓުވާލީވެސް ޖަރުމަނެވެ. ޖަރުމަނަކީ މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރާނެކަމަށް އެންމެ ބޮޑަށް ބެލެވޭ ދެގައުމުންކުރެ އެއްގައުމެވެ. އަނެއް ގައުމަކީ ބްރެޒިލްއެވެ.
ކިޔުންތެރިންގެ ހިޔާލު