މިރޭގެ މެޗު ކެމަރޫން އަތުން މޮޅުވެ މެކްސިކޯ ހަމަޖެހިލައިފި

image އޮރީބޭ ޕަރަލްޓާ

ވޯލްޑުކަޕުގެ ދެވަނަ މެޗުގަންއި ކެމަރޫނާއިމެކްސިކޯ މިރޭ ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން މެކްސިކޯ މޮޅުވެއްޖެ އެވެ.

 ފުރަތަމަ ހާފުގެ ފެށިގެންދިޔައީ ކެމަރޫންގެ ފައުލަކާ އެކުއެވެ. މެޗުގެ ފުރަތަމަ މިނެޓުގައި ކެމަރޫންގެ އެއިޔޮންގް އިނޯފައުލެއް ކުރުމުން ކެމަރޫންގެ ޑިފެންސިވް ހާފުގެ ތެރެއިން މެކްސިކޯއަށް ހިލޭޖެހުމެއް ލިބުނެވެ. މެކްސިކޯގެ ޖޯސޭ ޖުއާން ޖެހި ހިލޭޖެހުން ދިޔައީބޭރަށެވެ.  މެޗުގެ ހަ ވަނަ މިނެޓުގައި ވެސްކެމަރޫންގެ ގޯލު ކައިރިން މެކްސިކޯއަށް ހިލޭޖެހުމެއް ލިބުނެވެ. މެޗުގެ ހަ ވަނަމިނެޓާއި ހަތް ވަނަ މިނެޓުގެ ތެރޭގައި ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް މެކްސިކޯއަށް ލިބުނެވެ.

މެޗުގެ 29 ވަނަ މިނެޓުގައި ކެމަރޫންގެ އިޔޯންގް ބޯޅައިގައިއަތްލުމުގެ ސަބަބުން މެކްސިކޯއަށް ހިލޭ ޖެހުމެއް ލިބުނެ އެވެ. އަދި މާގިނައިރުތަކެއް ނުވަނީސް މެޗުގެ 33 ވަނަ މިނެޓުގައި މެކްސިކޯގެ ޖިއޯވާނީ ޑޮސްސެންޓޯސް ވެސް ބޯޅައިގައި އަތްލުމުގެ ސަބަބުން ކެމަރޫނަށް ހިލޭޖެހުމެއްލިބުނެ އެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅުގައި މެކްސިކޯއިން ނުރައްކާތެރި ހަމަލާތަކެއް އުފައްދަމުންދިޔަ ނަމަވެސް ރައްދުގައި ކެމަރޫންވެސްވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއްދީފަ އެވެ.  މެޗުގެ 17 ވަނަ މިނެޓުގައި ކެމަރޫނުގެ ބެނީތޯއަސޮއު-އެކޯޓޯ އަށް އެލިގްޒެންޑްރޭ ސޮންގް ދިން ޕާހަކުން ގޯލުޖަހާނެ ރަނގަޅުފުރުސަތެއް ލިބުނެވެ. އެހެންނަމަވެސް، އެ ހަމަލާ ކޯނަރަކަށް ބޭރުވީ އެވެ. ކޯނަރުވެސް ކާމިޔާބެއް ނުކުރެވުނެވެ. ކޯނަރުން ފޮނުވާލި ބޯޅަ ބޮލުންޖަހައި ގޯލުގެތެރެއަށް ފޮނުވާލަން މަސައްކަތް ކުރީ ކެމަރޫންގެ ސްޓެފެން އެމްބިއާ އެވެ.

ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށްގޯލެއް ނުޖެހި އެވެ. އަދި އެއްވެސް ކުޅުންތެރިއަކަށް ކާޑެއް ވެސް ދައްކާފައެއްވެސް ނުވެ އެވެ.

ދެވަނަ ހާފު ފެށިގެން ހޫނުގަދަކޮށެވެ. 56 ވަނަމިނެޓާއި ހަމައަށް މެކްސިކޯއިން ހަތަރު ފައުލް ކުރި އެވެ. އަދި ކެމަރޫނުން އެއްފައުލް ކުރި އެވެ. 56 ވަނަ މިނެޓުގައި މެކްސިކޯގެ ހެކްޓަރ މޮރީނޯ ކުރި ފައުލަކުންއޭނާއަށް ރީނދޫ ކާޑުދެއްކި އެވެ.

ދެ ވަނަ ހާފުގައި ގޯލުޖަހާނެ ގިނަ ފުރުސަތުތައްހޯދާފައިވަނީ މެކްސިކޯއިން ނެވެ. މިގޮތުން 60 ވަނަ މިނެޓުގައި ޖިއޯވާނީ ޑޮސްސެންތޯސް ފޮނުވާލި ބޯޅަ ކެމަރޫންގެ ގޯލްކީފަރު މަތަކުރި އެވެ. މެޗުގެ ފުރަތަމަގޯލު މެކްސިކޯއިން ޖެހީ ވެސް 60 ވަނަ މިނެޓުގަ އެވެ. އޮރީބޭ ޕަރަލްޓާ ވާތުފައިންފޮނުވާލި ބޯޅަ ގޮސް ވަނީ ގޯލުގެ ވާތްފަރާތުން ތިރީ ކަނަށެވެ.

މެކްސިކޯއިން ގޯލު ޖެހުމާއެކު ކެމަރޫނުން ވެސްގޯލެއް ކާމިޔާބުކުރުމަށް މަސައްކަތްކުރަމުން ގެންދިޔަ އެވެ. އެހެން ނަމަވެސް ލިބުނުމަދު ފުރުސަތުތަކުގައި ގޯލެއްކާމިޔާބު ކުރެވޭގޮތެއް ނުވި އެވެ. ދެވަނަ ހާފުގެ 80ވަނަ މިނެޓުގައި ކެމަރޫންގެ ނިކޮލަސް ންކޮއުލޮއު ފޮނުވާލި ނުރައްކާތެރި ހަމަލާބޭރުވީ ކޯނަރަކަށެވެ. 84 ވަނަ މިނެޓުގައި ކެމަރޫންގެ އެރިކް މެކްސިމް އަށް ވެސްގޯލު ޖަހާނެ ރަނގަޅު ފުރުސަތެއްލިބުނެވެ.

މެޗުގެ ވަގުތު ހަމަވެ އިތުރުވަގުތެ ގޮތުގައި ދިނީހަތަރު މިނެޓެވެ. އިތުރުވަގުތުގައި މެކްސިކޯގެ ޖާވިއަރ ހަރުނާންޑޭޒް ގޯލެއްޖެހުމަށް މަސައަކަތްކޮށް ނާކާމިޔާބުވި އެވެ. މިރޭގެ ދެވަނަ މެޗުގައި ސްޕޭން އަތުން ނެދަލޭންޑްމޮޅުވީ 5-1 ގެ ނަތީޖާއިންނެެވެ.  

މި މުބާރާތުގައި ފުރަތަމަ ކުޅުނު މެޗު ކޮރޮއޭޝިއާބައްދަލުކޮށް ބްރެޒިލް ކާމިޔާބުކުރީ 3-1 އިން ނެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް