ޗެމްބަލެއިންއަށް އަނިޔާވެ ވޯލްޑްކަޕުގައި ކުޅުމުގެ އުންމީދު ކުޑަވެއްޖެ

image ޗެމްބަލެއިން އިންގްލޭންޑުގެ ގައުމީ ޖާޒީގައި

އިނގިރޭސި ވިލާތުގެ މިޑްފީލްޑަރ އޮކްސްލޭޑް ޗެމްބަލެއިން ގެ ކަކުލަށް އަނިޔާވެ ވޯލްޑްކަޕުގައި ކުޅުމުގެ އުންމީދު ކުޑަވެއްޖެއެވެ.

ޗެމްބަލެއިން ގެ ކަކުލަށް އަނިޔާވެފައިވަނީ ވޯލްޑުކަޕަށް ތައްޔާރުވުމުގެ ގޮތުން އިކުއަޑޯއާ އެކު އިއްޔެރޭ ކުޅުނު ރަހުމަތްތެރި ކަމުގެ ފުޓުބޯޅަ މެޗުގައެވެ. އޭނާގެ ކަކުލަށް ލިބިފައިވަނީ ކިހާ ބޮޑު ގެއްލުމެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޗެމްބަލެއިން ކަކުލަށް ލިބުނު ގެއްލުމާ ގުޅިގެން އިންގްލޭންޑު ގައުމީ ޓީމުގެ މެނޭޖަރ ވިދާޅުވެފައިވަނީ، "އޭނާއަށް ވޯލްޑްކަޕުގައި ނުކުޅެވިއްޖެނަމަ އެއީ ޓީމަށް ލިބޭނެ ވަރަށްވޮޑު ދެރައެއް،" ކަމަށެވެ.

އިންގްލޭންޑާއި އެކުއަޑޯ ކުޅުނު މެޗުގައި ދެ ޓީމު އެއްވަރުވެފައިވަނީ 2- 2 ނަތީޖާ އިންނެވެ. މި މެޗުގައި ޗެމްބަލެއިން އަށް އަނިޔާވީ އިދިކޮޅު ޓީމުގެ ކުޅުންތެރިއަކު އެނާގެ ކަކުލަށް ޓެކުލް ކުރުމުންނެވެ. މި އަނިޔާއަށްފަހު އެމެޗުގެ 63 ވަނަ މިނެޓުގައި އެނާވަނީ ދަނޑުން ބާލައިފައެވެ. ދަނޑުން ބާލަންދެން އޭނާވަނީ އެ މެޗުގައި ހުނަރުވެރި ކުޅުމެއް ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement