ވޯލްޑްކަޕް ފަށަން ނުވަދުވަހަށް ވީއިރުވެސް ބައެއް ދަނޑުތައް ނުނިމޭ

image ބްރެޒިލްގެ ސައުޕޯލޯގައި ހަދާ ސްޓޭޑިއަމް

ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް ފަށަން ނުވަ ދުވަހަށް ވެފައިވާއިރު ބްރެޒިލްގެ ދަނޑުތައް އަދިވެސް މަރާމާތުކޮށް ނުނިމެއެވެ.

ބްރެޒިލްގެ ސައުޕޯލޯގައި އަލަށް އަޅާ އިޓަކުއޭރޯ ސްޓޭޑިއަމްގެ ފުރާޅު އަޅައި ނިންމައި ނުލެވޭނެ ކަމަށް އެ ސްޓޭޑިއަމްގެ މަސައްކަތްކުރާ ކުންފުނިން ވަނީ ބުނެފައެވެ.

އެމީހުން ބުނެފައިވަނީ ފުރާޅުގެ މަސައްކަތް ނިމޭނީ ވޯލްޑްކަޕް ވެސް ނިމޭފަހުން ކަމަށެވެ. ފުރާޅު ނުނިމުނު ނަމަވެސް 65000 މީހުންގެ ސްޓޭޑިއަމްގައި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށްވަނީ ހަމަޖައްސާފައެވެ.

އެ ސްޓޭޑިއަމްގައި އިތުރު މައްސަލަތަކެއް ހުރިކަމަށްވެސް ވަނީ ފާހަގަ ކުރެވިފައެވެ. އެކަން ފާހަގަވެފައިވަނީ އެ ސްޓޭޑިއަމުގައި ބްރެޒިލުގެ ދެ ޓީމަކުން ކުޅުނު ޓެސްޓު މެޗަކަށް 45000 އަށްވުރެ އިތުރަށް މީހުން ނުވެއްދި ހިސާބުންނެވެ. ނަމަވެސް އެ މައްސަލަ ތަކަކީ ކޮބައި ކަމެއް މީޑިއާއަށް ތިލަވެފައެއް ނުވެއެވެ.

ސްޓޭޑިއަމް ނުނިމި ހުރުމުގެ ސަބަބުން ފުރަތަމަ މެޗަށް މިހާތަނަށް ވިއްކާފައިވަނީ 40000 ޓިކެޓެވެ. އެ ސްޓޭޑިއަމްގެ ފެންވަރުބެލުމަށް ކުރަންޖެހޭ މަސައްކަތައް ކުރުމަށް ފީފާއަށް ވެސް ވަނީ ދަތިވެފައެވެ.

ބުރެޒިލްގެ 12 ސްޓޭޑިއަމެއްގައި ވޯލްޑްކަޕް މެޗުތައް މިމަހު 12 ވަނަ ދުވަހުން ފެށިގެން އަންނަ ޖުލައި މަހުގެ 13 ވަނަ ދުވަހަށް ކުޅުމަށް ހަމަޖެހިފައިވެއެވެ. ނަމަވެސް އިތުރު ދެ ސްޓޭޑިއަމެއްގެ މަސައްކަތް ވެސް އަދި ވަނީ މުޅިން ނިންމައިނުލެވި އެވެ. މި ސްޑޭޑިއަމްތަކުގެ މަސައްކަތް ކުރުން ލަސްވީ މަސައްކަތުގައި ގެންގުޅުނު ކެރޭނެއް ފުރޮޅާލައި ދެ މީހަކު މަރުވުމާ ގުޅިގެން ކަމަށް ބްރެޒިލުން ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް