ޗެލްސީ ދޫކޮށްލަން ލަމްޕާޑު ނިންމަފައި

image ފްރޭންކް ލަމްޕާޑް

ޗެލްސީގެ ކުޅަދާނަ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް13 އަހަރަށްފަހު ޗެލްސީ ދޫކޮށްލަން ނިންމައިފި އެވެ.

އިނގިރޭސި ވިލާތުގެ ޗެލްސީގައި އޭނާ ހޭދަކުރިދިގުމުއްދަތުގައި ވަނީ ޗެލްސީއަށް 211 ގޯލު ކާމިޔާބުކޮށްދީފަ އެވެ. އޭނާޗެލްސީއާއި ގުޅިފައިވަނީ 2001 ވަނަ އަހަރު އެވެ. އޭގެ ފަހުން ޗެލްސީ ވަނީ ތަފާތު11 ޓްރޮފީއެއް ކާމިޔާބުކޮށްފަ އެވެ. އޭގެތެރޭގައި 2012 ވަނަ އަހަރު ޗެމްޕިއަންސްލީގް ފާހަގަކޮށްލެވެ އެވެ.

"މި ކްލަބަކީ އަޅުގަނޑުގެ ދިރިއުޅުމުގެބައެއް،" އިނގިރޭސި ވިލާތުން މިއަހަރު ވޯލްޑްކަޕަށް ނެރޭ ޓީމުގައި ވެސްހިމެނޭ ލަމްޕާޑް އޭނާ ޗެލްސީ ދޫކޮށްލުމާ ގުޅޭގޮތުން ވާހަކަދައްކަމުން ބީބީސީގައި ބުނެފައިވެއެވެ.

ޗެލްސީ ދޫކޮށްލިނަމަވެސް އޭނާ ރިޓައަރ ވުމާގުޅޭގޮތުންއަދި ގޮތެއް ނިންމާފައެއް ނުވެ އެވެ. ލަމްޕާޑު ގެންދިއުމަށް މިހާރު ވެސް ތަފާތު 16ކުލަބަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. އެހެން ނަމަވެސް އެހެން ކްލަބަކާގުޅޭނެތޯ ނުވަތަ ނޫންތޯ އެނާ ނިންމާނީ ވޯލްޑްކަޕަށްފަހު އެވެ.

ލަމްޕާޑު ޗެލްސީއަށް ކުޅެމުން ގެންދަނީއަހަރެއްގެ މައްޗަށް 11 މިލިއަން ޔޫރޯ އަށެވެ. އޭނާ ވަނީ 2004 ވަނަ އަހަރުގެ ޔޫރޯއާއި 2006 އަދި 2010 ވަނަ އަހަރުގެ ވޯލްޑްކަޕް ވެސް ކުޅެފަ އެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް