މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް ލިވަޕޫލް ތާވަލުގެ ކުރިއަށް ޖެހިލައިފި

image ޑެނިއަލް ސްޓްރިޖް މިރޭގެ މެޗުގައި ލަނޑު ޖެހުމަށްފަހު އުފާކުރަނީ

އިނގިރޭސި ޕްރިމިއަރ ލީގުގައި ޒަމާންވީ ވާދަވެރިޔާ މެންޗެސްޓަރ ޔުނައިޓެޑް 1-0 އިން ބަލިކޮށް ތާވަލުގެ ކުރިއަށް ލިވަޕޫލް ޖެހިލައިފިއެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި މިރޭ ކުޅުނު މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 4 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިންގްލެންޑުގެ ގައުމީ ޓީމުގެ ފޯވާޑް ޑެނިއަލް ސްޓްރިޖެވެ. މިއަދަކީ އޭނާގެ އުފަންދުވަސްވެސް މެއެވެ.

މެޗު ފަށައިގެން ދެޓީމުގެ ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ލިވަޕޫލްއިން އުފައްދަމުންދިޔަ ހަމަލާތައް ނުރައްކާތެރިކަން ފާހަގަ ކޮށްލެވެއެވެ. އަނިޔާގެ ސަބަބުން އިތުބާރު ފޯވާޑް ވޭން ރޫނީ އާއި ވިންގަރ އެންޓޯނިއޯ ވެލެންސިޔާ ނުލައި ނުކުތް މެންޗެސްޓަރ ޔުނައިޓެޑުގެ ހަމަލާތައް ފެނުނީ ތަންކޮޅެއް ދަށްކޮށެވެ.

މިއީ ޕްރިމިއަރ ލީގުގެ ތާރިހުގައި ފުރަތަމަ ކުޅުނު ތިން މެޗުން މޮޅުވެ ލީގުގެ ކުރީގައި ލިވަޕޫލްއިން ފައިތިލަ ސާބިތުކޮށްލި ފުރަތަމަ ފަހަރެވެ. މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެ ލީގުގެ ކުރީގައި ލިވަޕޫލް އޮތީ 9 ޕޮއިންޓާއެކުއެވެ.

މެންޗެސްޓަރ ޔުނައިޓެޑް ތާވަލުގެ 6 ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުން ލިބުނު 4 ޕޮއިންޓާއެކުއެވެ. ތާވަލުގެ ދެވަނައިގައި 7 ޕޮއިންޓާއެކު އޮތީ ޗެލްސީ އެވެ. ތިންވަނައިގައި ޓޮޓެންހަމް އޮތީވެސް 7 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގައި 6 ޕޮއިންޓާއެކު މެންޗެސްޓަރ ސިޓީ އޮތްއިރު ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެން 5 ވަނައިގައި އޮތީ ސްޓޯކް ސިޓީއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement